
އޮފްޕޮއިންޓްގެ ހަޔާތުގައި ހިނގާދިޔަ މުހިންމުކަންތައް:
34މެންބަރުންގެ މައްޗަށް އެކުލެވޭ މިގުރޫޕްގެ ފަރާތުން އިސްނަގައިގެން ރާއްވާ ހިންގަމުން ގެންދިއަ ހުރިހާ ހަރަކާތްތައް މިއަދު މިވަނީ ނިމުމަކަށް އައިސްފައެވެ. ގްރޫޕްގެ ޙަރަކާތްތައް ނިމިގެންމިދަނީ ރަށުގެ ރައްޔިތުންނަށް ތަފާތު އެތަކެއް ހިދުމަށްތަކެއް ކޮށްދިނުމަށް ފަހުގައެވެ. އަޅުގަނޑުމެންގެ މަޤްސަދުތައް ހާސިލްކުރުމުގައި އޮފްޕޮއިންޓްގެ މެންބަރުންގެ ފަރާތުން ލިބިގެންދިޔަ ފުރިހަމަ އެއްބާރުލުން ވަރަށްބޮޑަށް ފާހަގަކޮއްލަމެވެ. ހަމަމިބީދާއިން އަޅުގަނޑުމެންނައް ތަފާތު އެތަކެއްގޮތުން އެއްބާރުލެއްވުންދެއްވި ހުރިހާ ފަރާތެއްގެ ނަންވެސް ފާހަގަކޮށްލަމެވެ. 01 ސެފްޓެމްބަރ 2010ވަނަ ދުވަހުން ފެށިގެން ރަސްމީގޮތުން އޮފްޕޮއިންޓް ނަމުގައި އެއްވެސް ޙަރަކާތެއް ކުރިއަށް ނުގެންދާގޮތައް މިވަނީ ހަމަޖެހިފައެވެ.
އޮފްޕޮއިންޓްގެ އިސްނަސައިގެން ރާއްވަހިންގުނު މުހިންމު ޙަރަކާތްތަކައް ބަލައިލާއިރު ތިރީގައިވާ ޙަރަކާތްތައް ފާހަގަ ކޮށްލެވެއެވެ.
1- ރަށުފެންވަރުގައި ބޭއްވިފައިވާ އެކިއެކި ކުޅިވަރު ޙަރަކާތްތަކަށް ޓީމުތައް އެކުލަވާލާ އެފަދަ މުބާރާތްތަކުގައި ބައިވެރިވުން.(ގްރޫޕް އުފެދިގެން މިއަދާ ހަމައަށް).
2- ކުޅިވަރު ކުޅޭ ސަރަހައްދުގައި ބޭނުންކުރުމަށް ބެންޗެއް ތައްޔާރުކުރުން.(ސެޕްޓެމްބަރ 2008).
3- ގްރޫޕުން އިސްނަގައިގެން ނޭކުރެންދޫ އާއެކު ރަޙްމަތްތެރިކަމުގެ މެޗެއްވަނީ ކުޅުން.(އޮކްޓޯބަރ 2008).
4- ރަށުފެންވަރުގައި ބޭއްވުނު ސޮކާކަޕްގައި އޮފްޕޮއިންޓް ޖުނިއާރސް ނަމުގައި ފުޓްބޯޅަ ޓީމެއް ތައްޔާރުކޮށް މުބާރާތުގައި ބައިވެރިވުން.(ނޮވެމްބަރ 2008).
5- ގަޢުމީފެންވަރުގައި ބޭއްވުނު ޙަރަކާތްތަކުގެ ތެރެއިން "އެއްބައިވަންތަކަމުގެ ހިންގާލުން" ބޭއްވުމުގައި ތަފާތުގޮތްގޮތުން ރަށުއޮފީހަށް އެއްބާރުލުން ދިނުން.(26 ޑިސެމްބަރ 2009).
6- ރަށުގެ ޒުވަނުންނަށް އަމާޒުކޮށްގެން 15ދުވަހުގެ ފުޓްސަލް ކޯޗިންކޭންޕް އަދި 5ދުވަހުގެ މުއްދަތަކަށް ކުރިއަށްދިއަ ފުޓްސަލް މުބާރާތެއް ބޭއްވުން.(15 ނޮވެމްބަރ 2010ން ފެށިގެން 27 ނޮވެމްބަރ 2010ގެ ނިޔަލަށް).
7- ނިމިގެންމިދާ ރަމަޟާން މަހުގެ ތެރޭގައި ރަށުރައްޔިތުން ދީނީކަންކަމަށް ހޭލުންތެރިކުރުމަށް ދީނީދަރުސް ދެއްކުން.(11 އޯގަސްޓް 2010ން ފެށިގެން 27 އޯގަސްޓް 2010ގެ ނިޔަލަށް).
8- ރަށުގެ ޒުވާނުންނަށް އާންމުކޮށް ހުޅުވައިލައިގެން ޕީއެސް ޗެލެންޖް 2010ގެ ނަމުގައި ޕީއެސް މުބާރާތެއް ބޭއްވުން. (12 އޯގަސްޓް 2010ން ފެށިގެން 28 އޯގަސްޓް 2010ގެ ނިޔަލަށް).
އޮފްޕޮއިންޓްގެ އިސްނަސައިގެން ރާއްވަހިންގުނު މުހިންމު ޙަރަކާތްތަކައް ލިބިފައިވާ އާމްދަނީ އާއި ކުރެވުނު ޙަރަދުގެ ތަފްސީލް.
ކުޅިވަރުކުޅޭ ސަރަހައްދުގައި ބޭނުންކުރުމަށް ތައްޔާރުކުރެވުނު ބެންޗް ހެދުމަށް ހަރަދު ކުރެވުނު ޖުމްލަ ފައިސާގެ ތަފްސީލް.
ޖުމްލަ ލިބިފައިވާ ފައިސާ:18335.00 ރުފިޔާ.
ޙަރަދުކުރެވިފައިވާ ފައިސާ:8230.00 ރުފިޔާ.
ބާކީވި ފައިސާގެ މިންވަރު:10105.00 ރުފިޔާ.
ނޭކުރެންދޫ އާއެކު ކުޅެވުނު ރަޙްމަތްތެރިކަމުގެ މެޗަށް ޙަރަދުކުރެވުނު ޖުމްލަ ޙަރަދުގެ ތަފްސީލް:
ޖުމްލަ ލިބިފައިވާ ފައިސާ:10105.00 ރުފިޔާ.
ޙަރަދުކުރެވިފައިވާ ފައިސާ:1785.00 ރުފިޔާ.
ބާކީވި ފައިސާގެ މިންވަރު:8320.00 ރުފިޔާ.
އޮފްޕޮއިންޓް ޖުނިއާރސް ނަމުގައި ހެދުނު ޓީމަށް ޙަރަދުކުރެވުނު ޖުމްލަ ފައިސާގެ ތަފްސީލް:
ޖުމްލަ ލިބިފައިވާ ފައިސާ:8320.00 ރުފިޔާ.
ޙަރަދުކުރެވިފައިވާ ފައިސާ:1320.00 ރުފިޔާ.
ބާކީވި ފައިސާގެ މިންވަރު:7000.00 ރުފިޔާ.
އޮފްޕޮއިންޓް ފުޓްސަލް ޗެލެންޖް ނަމުގައި ބޭއްވުނު ކޯޗިންކޭންޕް އަދި މުބާރާތައް ޙަރަދު ކުރެވުނު ޖުމްލަ ފައިސާގެ ތަލްސީލް:
ޗަންދާ އަދި ސްޕޮންސަރގެ ގޮތުގައި ލިބިފައިވާ ފައިސާ:40500.00 ރުފިޔާ.
ޙަރަދު ކުރެވިފައިވާ ފައިސާ:37333.00 ރުފިޔާ
ބާކީވި ފައިސާގެ ޖުމްލަ:3167.00 ރުފިޔާ.
އޮފްޕޮއިންޓް ޕީއެސް މުބާރާތް އަދި ދީނީދަރުސް ދެއްކުމާއި ދަރުސް ސީޑީ ތައްޔާރުކުރުމަށް ޙަރަދު ކުރެވުނު ޖުމްލަ ފައިސާގެ ތަފްސީލް:
ޗަންދާ، ސްޕޮންސަރ އަދި އޮފްޕޮއިންޓް ބަޖެޓް ބެލެންސްގެ ގޮތުގައި ލިބިފައިވާ ފައިސާ:9557.00 ރުފިޔާ.
ޙަރަދު ކުރެވިފައިވާ ފައިސާ:4093.00 ރުފިޔާ.
ރައްކާކުރެވިފައިވާ ފައިސާގެ ޖުމްލަ:5464.00 ރުފިޔާ.